ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން މާހެފުމެއް ބޭއްވުމަށްޓަކައި ތަފާތު ފެކަލްޓީތަކަށް ނިސްބަތްވާ ދަރިވަރުންކޮޅެއް މަސައްކަތް ކުރަމުން އެބަދެއެވެ. މިކަން އިންތިޒާމުކުރާ ކުދިންގެ މެދުގައި ބާއްވާ ފުރަތަމަ ބައްދަލުވުން މިރޭ 20:30ގައި ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މައުލޫމާތު ލިބޭގޮތުގައި ތަފާތު 07ފެކަލްޓީއެއްގެ ދަރިވަރުން މިރޭ ބާއްވާ ބައްދަލުވުމުގައި ބައިވެރިވާނެއެވެ.
އަޅުގަޑުގެ ދުއާ އަކީ މި މާހެފުން ވަރަށް ފުރިހަމަ ގޮތެއްގައި ބޭއްވިގެން ދިއުމެވެ.

No comments:
Post a Comment