ވައިސް ޗާންސެލަރ ކަމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ ހުށައެޅުން ރޭގައި ބާއްވައިފި
ވައިސް ޗާންސެލަރ ކަމުގެ މަޤާމަށް ވާދަކުރައްވާ ދެ ބޭފުޅުން ކަމަށްވާ ޑރ. ހަސަން ހަމީދު އާއީ ޑރ. ފަވާޒް ޝަރީފްގެ ހުށައެޅުން ރޭގައި ބާއްވައިފިއެވެ. ކޮންމެ ބޭފުޅަކަށްވެސް ހުށައެޅުމަށް 20 މިނިޓް ދެވިގެން ކުރިއަށްދިޔަ މި ހުށައެޅުމަގައި ދެ ބޭފުޅުންވެސްވަނީ ކުރިއަށް އޮތް 5އަހަރު ދުވަހުގެ ތެރޭ ޔުނިވަރސިޓީއަށް ހޯދަދޭން ބޭނުންވާ ކުރިއެރުން ވަރަށް ފުރިހަމައަށް ހުށައަޅާ ދެއްވާފައެވެ.
މާލެ އާއި އަތޮޅުތަކުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި މި ހުށައެޅުމުގައި ކޮންމެ ހުށައެޅުމަކަށްފަހު ސުވާލު ކުރުމަށް މާލޭގެ މާލަމުގައި ތިއްބެވި މުވައްޒިފުންނަށް 10މިނިޓް ދެއްވި އިރު އަތޮޅުތަކުގެ ކެމްޕަހުގެ މާލަމުގައި ތިއްބެވި މުވައްޒިފުންނަށްވަނީ 05މިނިޓް ދެއްވާފައެވެ. މި ފުރުސަތުގައި މުވައްޒަފުން ވަނީ ސުވާލު މި ދެ ބޭފުޅުންނާ ކުރައްވާފައެވެ.
ޤައުމީ ޔުނިވަރސިޓީގެ މައި އިދާރާގެ ތަޤުރީރުކުރާ މާލަމުގައި ބޭއްވި މި ހުށައެޅުމުގައި ކެމްޕަސްތަކުގެ ބޭފުޅުން ބައިވެރިވެފައިވަނީ ވިޑިއޯ ކޮންފަރެންސިން ހަދައިގެންނެވެ.
No comments:
Post a Comment