އެފް އެސް އެލް ދަރިވަރުންގެ 2ވަނަ ނެޓްބޯޅަ މުބާރާތް ފެށިއްޖެ
ޝަރީއާ އެންޑް ލޯގެ ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމަށް ބާއްވާ މި މުބާރާތް ފެށިފައިވަނީ މިއަދު ހެދުނު 0630ގައި ސޯޝަލް ސެންޓަރުގައެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 4ޓީމެއް ވާދަކުރެއެވެ. އެއީ އެފް އެސް އެލްގެ ފުރަތަމަ 3އަހަރުގެ 3 ޓީމަކާއި، ޝަރީއާ އެންޑް ލޯ އިން ފައުންޑޭޝަން ހަދަމުންދާ ދަރިވަރުންގެ ޓީމެކެވެ. ސޯޝަލް ސެންޓަރުގެ އޯޕެން އޭރީއާގައި ކުރިއަށްދާ މި މުބާރާތުގެ ފައިނަލް މެޗް މާދަމާ ހަވީރުގެ ވަގުތެއްގައި ކުޅޭނެކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މީގެ ކުރިންވެސް ކާމިޔާބުކަމާއިއެކު މިފަދަ މުބާރާތްތައް އެފް އެސް އެލްގެ ދަރިވަރުންވަނީ ބާއްވާފައެވެ.

No comments:
Post a Comment