ޤައުމީ ޔުނިވަރސިޓީގެ ފުރަތަމަ ވައިސް ޗާންސެލަރ ހޮވުން މާދަމާ...
ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަމުގެ މަޤާމަަށް ފުރަތަމަ ފަހަރަށް ބޭފުޅަކު ހޮވުން މާދަމާ އޮންނާނެއެވެ. މާދަމާ ހަވީރު އޮންނަ ކައުންސިލް ޖަލްސާގައި މި މަޤާމަށް ބޭފުޅަކު ހޮވުމަށްނަގާ ވޯޓް ނެގުމަށް އެޖެންޑާކޮށް މިހާރުވަނީ ކައުންސިލް މެންބަރުންނަށް އެޖެންޑާ ފޮނުވާފައެވެ.
ވައިސް ޗާންސެލަރ ކަމުގެ މަޤާމަށް ވާދަކުރައްވަނީ ޑރ ހަސަން ހަމީދު އާއި ޑރ ފަވާޒް ޝަރީފް އެވެ. މި ދެ ބޭފުޅުން ދެއްވާ ޕްރެޒެންޓޭޝަން މިރޭ 2015ގައި އޭ-ބްލޮކް އޮޑިޓޯރިއަމްގައި ދެއްވާ ގޮތަށްވަނީ ހަމަޖެހިފައެވެ. މި ޕްރެޒެންޓޭޝަންތަކުގެ ބައިވެރިވެވޭނީ ޔުނިވަރސިޓީ މުވައްޒަފުންނާއި، ކައުންސިލް މެންބަރުންނަށެވެ. އަދި ކޮންމެ ޕްރެޒެންޓޭޝަނަކަށްފަހު މިބޭފުޅުންނާ ސުވާލުކުރުމުގެ ފުރުސަތު ޔުނިވަރސިޓީ މުވައްޒަފުންނަށް ލިބިގެންދާނެއެވެ.
No comments:
Post a Comment