މަތީ ތައުލީމުގެ ފައިނޭންސިންއާބެހޭ ސިޔާސަތު އެކުލަވާލުމަށް ދަރިވަރުންގެ ޚިޔާލު ހޯދަނީ.....
މަތީ ތައުލީމުގެ ފައިނޭންސިންއާބެހޭ ސިޔާސަތު އެކުލަވާލުމަށް ކޮންސަލްޓެންސީ ދޭފަރާތުން ރާއްޖޭގައި މަތީ ތައުލީމު ޚާސިލް ކުރަމުންދާ ދަރިވަރުންގެ ޚިޔާލު ހޯދުމަށް ބޭނުންވާކަން ހާމަކޮށްފިއެވެ. ދާދި ފަހުން ޑިޕާޓްމެންޓް އޮފް ހަޔަރއެޑިއުކޭޝަނުން ކޮލެޖް، ޔުނިވަރސިޓީ އަދި މަތީ ތައުލީމަށް ކިޔަވައިދޭ ސެންޓަރުތަކަށް ފޮނުވި ސިޓީއެއްގައި ކޮންސަލްޓެންސީދޭފަރާތާ ހަވާލާދީ، ދަރިވަރުންގެ ޚިޔާލު ހޯދަން ބޭނުންވާކަމަށް ލިޔެފައިވެއެވެ.
ޔުނިވަރސިޓީ ދަރިވަރުންގެ ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުން މިފެށޭ ހަފްތާ ހޯމަ ދުވަހުގެރޭ އަމީނީބިލްޑިންގ ހަތަރުވަނަ ބުރީގައި އޮންނާނެކަމަށް މައުލޫމާތު ލިބެއެވެ. މިބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު ދެއްވާނެކަމަށް މައުލޫމާތުލިބެނީ ޖުމްލަގޮތެއްގައި ކޮންމެ ފެކަލްޓީއަކުން އެންމެ ދަރިވަރަކަށެވެ. މައުލޫމާތު ލިބޭ ގޮތުގައި މިބައްދަލްވުމަގައި ބައިވެރިވާނީ ކޮންސެލްޓެންސީޓީމުގެ ފަރާތުން އެ ޓީމްގެ އެންމެ އިސްފަރާތް ކަމުގައިވާ އެމެރިކާގެ ރައްޔިތެކެވެ.
މަތީ ތައުލީމުގެ ފައިނޭންސްގެ އުސޫލްތަކާ ހިތްހަމަނުޖެހިގެން ޔުނިވަރސިޓީ ދަރިވަރުން އިސްނަގައިގެން ވަނީ ރައީސްއަށް ޕެޓިޝަނެއްވެސް ހުށައަޅާފައެވެ. އަދި ހަމަ އެހެންމެ ރައީސްއަށް ހުށައެޅި ޕެޓީޝަންގެ ޖަވާބު ހޯދުމަށް ޔުނިވަރސިޓީ ދަރިވަރުންވަނީ ސުލްހަވެރި އެއްވުމެއް ރައީސް އޮފީސްދޮށުގައި ބާއްވާފައެވެ.
No comments:
Post a Comment