މާހެފުން އިންތިޒާމްކުރާ ދަރިވަރުންގެ 2ވަނަ ބައްދަލުވުން މާދަމާ....
މާހެފުން އިންތިޒާމުކުރާ ދަރިވަރުންގެ 2ވަނަ ބައްދަލުވުން މާދާމާ 1400ގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. މައުލޫމާތު ލިބޭގޮތުގައި މިބައްދަލުވުން އޮންނާނީ ފެކަލްޓީ އޮފް އާރޓްސް(އެފް އޭ)ގެ ކިލާސް ރޫމެއްގައެވެ. އެނގިފައިވާ ގޮތުން މިބައްދަލުވުމުގައި މަޝްވަރާ ކުރާގޮތަށް ހަމަޖެހިފައިވަނީ މާހެފުން ބޭއްވުމަށް ދަރިވަރުން އަތުން ނަގާނެ ޗަންދާ، މާހެފުމަށް ތައްޔާރުކުރާނެ ކާއެއްޗެހީގެ ވައްތަރުތައް އަދި މާހެފުން ބާއްވާ ވަގުތާއި ބެހޭ ގޮތުންނެވެ. މީގެ އިތުރުން ޖުލައި 26ފާހަގަ ކުރުމަށްޓަކާ ހުރިހާ ފެކަލްޓީއެއްގެ މެދުގައި ކުޅިވަރު މުބާރާތެއް ބޭއްވުމަށްވެސް މަޝްވަރާ ކުރެވޭނެކަމަށްވެސް ޚަބަރު ލިބެއެވެ.
މިދުވަސްވަރަކީ ދަރިވަރުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށްޓަކާ ފެކަލްޓީ ފެންވަރުގައި ގިނަ ހަރަކާތްތަކެއް ހިންގަމުންދާ ދުވަސްވަރެއްކަން ފާހަގަ ކުރެވެއެވެ.
No comments:
Post a Comment