Tuesday, July 12, 2011

DVC Fayyaz

ޑެޕިއުޓީ ވައިސް ޗާންސެލަރ ފައްޔާޒްއާއިއެކު މިއަދު ބޭއްވުނު ބައްދަލުވުމުގެ ތަފްސީލް

އަޅުގަނޑުގެ އެދުމުގެ މަތިން މިއަދު ޝެއިޚް ފައްޔާޒްއާއިއެކު ބޭއްވުނު މިބައްދަލުވުމުގައި، އެދިފައިވަނީ ޔުނިވަރސިޓީން ދެމުންގެންދާ ޚިދުމަތްތައް ބޭނުން ކުރުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތަކާއި، މިހާރަށްވުރެ އިތުރަށް ޔުނިވަރސިޓީގެ ޚިދުމަތް ދަރިވަރުންނަށް ބޭނުން ކުރެވޭނެ ގޮތްތަކެއް ހޯދައިދިނުމަށާއި އަދި ދަރިވަރުންނަށް އިތުރު ޚިދުމަތްތައް ދިނިމުގެ މައްޗަށެވެ. މިގޮތުން އެދިފައިވަނީ ކޮމްޕިއުޓަރ ލެބް ތަކުގައި އަޕްޑޭޓެޑް އެންޓި-ވައިރަސް ނުހުންނަ ލެބްތަކަށް އަޕްޑޭޓެޑް އެންޓި-ވައިރަސް އަޅާދިނުމަށާއި، މިހާރަށްވުރެ ގިނަވަގުތު ސްޓަޑީ އޭރިއާ ބޭނުން ކުރެވޭނެ އުސޫލެއް ހަމަޖައްސާ ދިނުމަށާއި އަދި ކޮމްޕިއުޓަރ ލެބްތަކަށް މިހާރަށްވުރެ ގިނަވަގުތު ދަރިވަރުންނަށް ބޭނުން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސާ ދިނުމަށެވެ. މިއާއިއެކު ލައިބްރަރީގައި ބައެއް ކޯސްތަކަށް ބޭނުންވާ އެންމެ ފޮތެއްވެސް ނެތްކަމަށް ދަންނަވާފައިވާނެއެވެ.

މީގެ އިތުރުން ޔުނިވަރސިޓީ ވައި-ފައި ކުރުމާއި، ކެންޓީން ނެތް ފެކަލްޓީތަކުގައި ކެންޓީން ގާއިމްކޮށް ދިނުމަށާއި އަދި ފޮޓޯކޮޕީގެ ނިޒާމެއް ޤާއިމް ކޮށްދިނުމަށް އެދިފައިވާނެއެވެ.

ޝެއިޚް ފައްޔާޒުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ޔުނިވަރސިޓީގެ ވަސީލަތްތައް ދަރިވަރުންނަށް މީހާރަށްވުރެ އިތުރަށް ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވަން ބޭނުނުންފުޅުކަމަށާއި، އެކަން އެގޮތަށްކުރުމަށްހުރި ދަތިތައްފިލުވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. މިއާއިއެކު ލައިބްރަރީއަށް ފޮތްގެންނަނީ ފެކަލްޓީތަކުން ރިކުއެސްޓްކޮށްފައިވާ ފޮތްތައްކަމަށް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ވައި-ފައި ކުރުމުގެ މަސައްކަތް މިސެމިސްޓަރ ތެރޭގައި ނިމޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ހަމަ ފޮޓޯކޮޕީ ނިޒާމަކާއިމެދު ވަރަށްބޮޑަށް ވިސްނަމުންދާކަމަށާއި ބޭނުންވަނީ ލައިބްރަރީ އެތެރެއިންނާއި އަދި ބޭރުން އާއްމު މީހުންނަށްވެސް ބޭނުންކުރެވޭފަދަ ގޮތަކަށް ފޮޓޯކޮޕީ ނިޒާމް ހަމަޖެހިގެން ދިއުން ކަމަށެވެ. މީގެ އިތުރުން ކެންޓީން ހަދަން ވިސްނާއިރު ބިމުގެ ދަތިކަމުގެ މައްސަލަ ދިމާވާކަމަށާއި، އެހެންނަމަވެސް މަތީބުރިއެއްގައި ކެންޓީނެއްހެދުމަށް ވިސްނަވާނެކަމަށް ވިދާޅުވެފައިވެއެވެ.

No comments:

Post a Comment