Sunday, July 31, 2011

Ramazan Mubarik


ރަމަޝާން މުބާރިކް

އަޅުގަޑުމެންނާއި މި ބައްދަލުކުރި ރަމަޝާންމަހަކީ ފަހަރެއްގައި އަޅުގަޑުމެންނާ ބައްދަލުވާނެ އެންމެފަހު ރަމަޝާންމަހަށް ވުމަކީވެސް އެކަޝީގެންވާ ކަމެކެވެ. ވީމާ ހުރިހާ އެންމެންވެސް މި މައްސަރުގެ ދަރުމަ އާއި ސަވާބު އެންމެ ފުރިހަމަ ގޮތުގައި ހޯދުމަށް އަޒުމް ކަޑައަޅަންވީއެވެ. ވީހާވެސް ގިނައިން އެޔޮ އަމަލުކޮށް އަޅުކަމުގައި ދެމިތިބެވޭތޯ މަސައްކަތްކުރަންވީއެވެ. އަނެކުންނަށް ދިމާވެފައިވާ ދަތިތަކުގައި ބައިވެރިވެ ވީއެންމެ ފުރިހަމައަކަށް އެހީވެވޯތޯ މަސައްކަންކުރަންވީއެވެ. އެހީއަށް ބޭނުންވަފައި މީހުންނަށް އެމީހެއްގެ ފެންވަރުން ވެވެންހުރި އެހީއެއް ވާންވީއެވެ.
އަޅުގަޑުގެ ދުޢާއަކީ މިރަމަޝާންމަހުގެ ސަބަބުން އަޅުގަޑުމެންގެ ހިތްތަށް އަލިވެ، އަޅުގަޑުމެންނަކީ އެޔޮކަންތައްކުރުމުގައި ތެމިތިބޭހާލު ނުބައިކަންތަކުން ދުރުވެ ނުބައިކަންތައް ނަހީކުރާބަޔަކު ކަމުގައި ވެގެންދިއުމެވެ.

Tuesday, July 26, 2011

Minivana Haveeru



"އެމް އެން ޔޫ މިނިވަން ހަވީރު 2011" ކާމިޔާބު ކަމާއިއެކު ބާއްވައިފި

ސަލާހުއްދީން ޕާކްގައި ބޭއްވި މި ހަވީރުގައި ތަފާތު ކުޅިވަރުތައް ކުޅެފައިވެއެވެ. މިއަދު ހަވީރު 1600ގައި ބޭއްވި މި ހަވީރުގައި ކުޅެފައިވަނީ ގޯނިރޭސް، ވާދެމުން، 4ފައި ރޭސް، ފެން ޕާސް، ބެލޫން ޝޭވް ކުރުން، ފައިން ހަންފެޅުން އަދިވެސް މީގެ އިތުރުން ތަފާތު ފޯރިގަދަ ކުޅިވަރުތައް ކުޅެފައިވެއެވެ. ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ވާދަވެރި ކުޅިވަރު ތަކުގައި ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ. ދެ ގަޑި އެއްހާ އިރަށް ކުރިއަށްދިޔަ މި ހަވީރުގައި ވަރަށް ހޫނޫ ތަރުހީބެއް ލިބިފައިވެއެވެ. މިހާ ކާމިޔާބު ކަމާއިއެކު މި ހަވީރު ބޭއްވިފައިވަނީ ބައިވެރިވި ފެކަލްޓީތަކުގެ އެއްބާރުލުން އިންތިޒާމް ކުރުމުގައި ލިބިގެންދިއުމުންނެވެ.

Monday, July 25, 2011

Lecture

އެފް އެޗް އެސްގެ ދަރިވަރުންގެ ޖަމްއިއްޔާއިން އިންތިޒާކުރާ ދަރުސް
"ތައުބާ ވުމަށް މަގެއް"
ދަރުސް ދެއްވާނީ އައްޝައިޚް އިލްޔާސް ހުސައިން
ތަން: އެފް އެޗް އެސް ހޯލްގައި
ގަޑި: 15 20
ތާރީޚް 27ޖުލައި 2011

Sunday, July 24, 2011

Minivan Haveeru



މިނިވަންދުވަސް ފާހަގަ ކުރުމަށް ޔުނިވަރސިޓީގެ ދަރިވަރުން ބާއްވާ
"މިނިވަން ހަވީރު"

ފެކަލްޓީތަކުގެ މެދުގައިބާއްވާ ޚަރަކާތް ތައް.........
             
 ގޯނި ރޭސް                             
 ލުބޯ ރޭސް                        
 މަސްހުނި ރޭސް                                
 ފައިން ހަން ފެޅުން
 ފެން ޕާސް
 ވާ ދެމުން
ހަތަރުފައި ރޭސް
      ދުވަސް:  26 ޖުލައި 2011 (އަންގާރަ)
       ތަން:   F.E  ކުރިމަތީ އޮތް ހުސް ބިން
               ގަޑި:   45 15
       އިތުރު މައުލޫމާތު: 7782103

Monday, July 18, 2011

Maahefun

މާހެފުމާއި ގުޅޭގޮތުން ބޭއްވޭ 3 ވަނަ ބައްދަލުވުން 18ޖުލައި 2011 (މިރޭ)

ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށް ހުޅުވާލައިގެން ބާއްވާ މާހެފުން އިންތިޒާމް ކުރުމުގެ 3ވަނަ ބައްދަލުވުން ފެކަލްޓީތަކުން ހޮވާލެވިފައިވާ މަންދޫބުންނާއި އެކު މިރޭ 08:30ގައި އޮންނާނެއެވެ. އަމީނީ ބިލްޑިންގ ގައި ބޭއް ވޭ މި ބައްދަލުވުމުގައި މަޝްވަރާކުރެވޭނީ ފެކަލްޓީތަކުން ތައްޔާރު ކުރާނޭ ބާވަތްތަކާއި ބެހޭގޮތުންނެވެ. މީގެ އިތުރުން ޖުލައި 26ގައި ފެކަލްޓީ ތަކުގެ މެދުގައި ބާއްވާ ކުޅިވަރުތަކާ ބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. 

Thursday, July 14, 2011

Vice chancellor

މަރުޚަބާ ޑރ. ހަސަން ހަމީދު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފުރަތަމަ ވައިސް ޗާންސެލަރ އަކަށް ޑރ. ހަސަން ހަމީދު މިއަދު ހަވީރު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ހޮވައިފިއެވެ. މި ބައްދަލުވުމުގައި ނެގި ސިއްރު ވޯޓް ޑރ ހަސަން ކާމިޔާބު ކޮށްފައިވަނީ 8 ވޯޓްގެ ތަފާތަކުންނެވެ. ޑރ. ހަސަން އަށް 12ވޯޓް ލިބުނުއިރު ޑރ. ފަވާޒްއަށް ލިބިފައިވަނީ 4ވޯޓެވެ. ވީމާ ކުރިއަށް އޮތް 5 އަހަރުގައި ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރއަކަށް ހުންނަވާނީ ޑރ.ހަސަން ހަމީދުއެވެ. މިހާރު ޑރ. ހަސަން ހަމީދު ފުރުއްވަމުން ގެންދަވަނީ އެކްޓިންގ ވައިސް ޗާންސެލަރގެ މަޤާމެވެ.

Maahefun

Tuesday, July 12, 2011

DVC Fayyaz

ޑެޕިއުޓީ ވައިސް ޗާންސެލަރ ފައްޔާޒްއާއިއެކު މިއަދު ބޭއްވުނު ބައްދަލުވުމުގެ ތަފްސީލް

އަޅުގަނޑުގެ އެދުމުގެ މަތިން މިއަދު ޝެއިޚް ފައްޔާޒްއާއިއެކު ބޭއްވުނު މިބައްދަލުވުމުގައި، އެދިފައިވަނީ ޔުނިވަރސިޓީން ދެމުންގެންދާ ޚިދުމަތްތައް ބޭނުން ކުރުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތަކާއި، މިހާރަށްވުރެ އިތުރަށް ޔުނިވަރސިޓީގެ ޚިދުމަތް ދަރިވަރުންނަށް ބޭނުން ކުރެވޭނެ ގޮތްތަކެއް ހޯދައިދިނުމަށާއި އަދި ދަރިވަރުންނަށް އިތުރު ޚިދުމަތްތައް ދިނިމުގެ މައްޗަށެވެ. މިގޮތުން އެދިފައިވަނީ ކޮމްޕިއުޓަރ ލެބް ތަކުގައި އަޕްޑޭޓެޑް އެންޓި-ވައިރަސް ނުހުންނަ ލެބްތަކަށް އަޕްޑޭޓެޑް އެންޓި-ވައިރަސް އަޅާދިނުމަށާއި، މިހާރަށްވުރެ ގިނަވަގުތު ސްޓަޑީ އޭރިއާ ބޭނުން ކުރެވޭނެ އުސޫލެއް ހަމަޖައްސާ ދިނުމަށާއި އަދި ކޮމްޕިއުޓަރ ލެބްތަކަށް މިހާރަށްވުރެ ގިނަވަގުތު ދަރިވަރުންނަށް ބޭނުން ކުރެވޭނެ އިންތިޒާމެއް ހަމަޖައްސާ ދިނުމަށެވެ. މިއާއިއެކު ލައިބްރަރީގައި ބައެއް ކޯސްތަކަށް ބޭނުންވާ އެންމެ ފޮތެއްވެސް ނެތްކަމަށް ދަންނަވާފައިވާނެއެވެ.

މީގެ އިތުރުން ޔުނިވަރސިޓީ ވައި-ފައި ކުރުމާއި، ކެންޓީން ނެތް ފެކަލްޓީތަކުގައި ކެންޓީން ގާއިމްކޮށް ދިނުމަށާއި އަދި ފޮޓޯކޮޕީގެ ނިޒާމެއް ޤާއިމް ކޮށްދިނުމަށް އެދިފައިވާނެއެވެ.

ޝެއިޚް ފައްޔާޒުގެ ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ޔުނިވަރސިޓީގެ ވަސީލަތްތައް ދަރިވަރުންނަށް މީހާރަށްވުރެ އިތުރަށް ބޭނުންކުރެވޭނެ ގޮތް ހައްދަވައިދެއްވަން ބޭނުނުންފުޅުކަމަށާއި، އެކަން އެގޮތަށްކުރުމަށްހުރި ދަތިތައްފިލުވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. މިއާއިއެކު ލައިބްރަރީއަށް ފޮތްގެންނަނީ ފެކަލްޓީތަކުން ރިކުއެސްޓްކޮށްފައިވާ ފޮތްތައްކަމަށް ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ވައި-ފައި ކުރުމުގެ މަސައްކަތް މިސެމިސްޓަރ ތެރޭގައި ނިމޭނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި ހަމަ ފޮޓޯކޮޕީ ނިޒާމަކާއިމެދު ވަރަށްބޮޑަށް ވިސްނަމުންދާކަމަށާއި ބޭނުންވަނީ ލައިބްރަރީ އެތެރެއިންނާއި އަދި ބޭރުން އާއްމު މީހުންނަށްވެސް ބޭނުންކުރެވޭފަދަ ގޮތަކަށް ފޮޓޯކޮޕީ ނިޒާމް ހަމަޖެހިގެން ދިއުން ކަމަށެވެ. މީގެ އިތުރުން ކެންޓީން ހަދަން ވިސްނާއިރު ބިމުގެ ދަތިކަމުގެ މައްސަލަ ދިމާވާކަމަށާއި، އެހެންނަމަވެސް މަތީބުރިއެއްގައި ކެންޓީނެއްހެދުމަށް ވިސްނަވާނެކަމަށް ވިދާޅުވެފައިވެއެވެ.

Higher education financing

މަތީ ތައުލީމުގެ ފައިނޭންސިންގ އާއިބެހޭ ސިޔާސަތުގެ ދިރާސާއަށް ޔުނިވަރސިޓީ ދަރިވަރުންގެ ޚިޔާލު ހޯދައިފި...

މަތީ ތައުލީމުގެ ފައިނޭންސިންގއާއިބެހޭ ސިޔާސަތެއް އެކުލަވާލުމަށްޓަކައި މިހާރު ކުރަމުންދާ ދިރާސާއަށް ޔުނިވަރސިޓީ ދަރިވަރުންގެ ޚިޔާލު ހޯދައިފިއެވެ. ރޭގެ 2030ގައި ދަރިވަރުންގެ ޚިޔާލު ހޯދުމަށް އަމީނީ ބިލްޑިންގގައި ބޭއްވި ބައްދަލުވުމުގައި ޔުނިވަރސިޓީގެ 05ފެކަލްޓީއެއްގެ ދަރިވަރުން ބައިވެރިވެފައިވެއެވެ.

ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ މި ބައްދަލުވުމުގައި ދަރިވަރުންވަނީ މިހާރުގެ ލޯން ސްކީމްގެ ހުރި މައްސަލަތަކާއި އަދި އެހެންމެ މިހާރަށްވުރެ ރަނގަޅަށް ލޯންސްކީމް ބިނާކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް އަލި އަޅުވާ ޚިޔާލު ފާޅު ކޮށްފައެވެ. މި ގޮތުން ދަރިވަރުންވަނީ މިހާރުގެ ލޯން ސްކީމުން ލޯން ނަގައިގެން ޑިގްރީއެއް ހަދައިފިނަމަ، ދެން މާސްޓަރސް ކިޔެވުމަށް ދެވޭނީ 10އަހަރު ފަހުންކަމަށް ވިދާޅުވެފައެވެ. މިގޮތަށް ދިމާވާން މެދުވެރިވާ ސަބަބަކީ ފުރަތަމަ ނެގި ލޯން ދައްކަމުން އިތުރަށް ކިޔެވޭނެ ފައިސާގެ ތަނަވަސްކަމެއް ނެތީމާކަން ދަރިވަރުން ފާހަގަކުރިއެވެ. މީގެ އިތުރުން މިހާރުގެ ލޯނުގެ އިންޓަރެސްޓްނަގާކަންވެސް ދަރިވަރުންވަނީ ފާހަގަ ކޮށްފައެވެ.

މި ދިރާސާކުރާ 05 ކޮންސަލްޓަންޓުންއާއި އެކުބޭއްވި މިބައްދަލުވުމުގައި މާލޭގައި ދިރިއުޅުމުގެ އަގުތަކާއި، ޚަރަދުތަކާއި އަދި ދަތިތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަދެކެވިފައިވެއެވެ. މިގޮތުން މަހެއްގެމައްޗަށް ދަރިވަރުން ދައްކަމުންދާ ކުއްޔާއި، މާލޭގައި ދިރިއުޅުމަށް ތަންތަން ހޯދާ ގޮތާއި، މީހާރު މިކަންކަމަށް ކުރާޚަރަދު ހޯދާގޮތުގެ މައްޗަށް އަލިއަޅުވާ ވާހަކަ ދެކެވިފައިވެއެވެ.
މަތީ ތައުލީމު ޚާސިލް ކުރަމުންދާ ހުރިހާ ދަރިވަރުންގެ މެދުގައި ހަމަހަމަ އުސޫލަކުން ފައިސާގެ އެހީ ދެއްވުމަށްއެދި ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންވަނީ ތަފާތު މީޑިއާ ތަކުގަޔާއި އަދި ރައީސް އޮފީސްދޮށުގައި ގޮވާލާފައެވެ.