Sunday, October 9, 2011

MNU Students Union


އެމް އެން ޔޫ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ ޝަރުތުތަކާއިމެދު.....

      އެމް އެން ޔޫ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ޤަވާޢިދު ފުރަތަމަ ކޮޕީ ނިމުމަށްފަހު ދަރިވަރުންގެ ޚިޔާލު ހޯދުމަށް މަހެއްހާ ދުވަސްވަން ހުޅުވާލެވުނެވެ. ނަމަވެސް މި މުއްދަތު ތެރޭގައި އެއްވެސް ދަރިވަރެއްގެ ޚިޔާލެއް މި ޤަވާޢިދަކަށް ނުލިބެއެވެ. އެހެންނަމަވެސް މުއްދަތު ހަމަވާން ވަރަށްކައިރިވެފައިވަނިކޮށް ތަފާތު ދެ ޚިޔާލެއް އަޅުގަޑަށް ދެ ދަރިވަރެއްގެ ފަރާތުން ލިބުނެވެ. މި ގޮތުން ލިބުނު އެއް ހިޔާލަކީ މިހާރު ހިންގާ ކޮމިޓީގައި ހިމެނޭ ޝަރުތުތައް ދަރިވަރުންގެ ޔޫނިއަންގެ ޤަވާޢިދުގައި ހިމެނުމަށެވެ. އާދެ އަޅުގަޑަށްވެސް އެ ޝަރުތުތައް އޭގައި ހިމެނިއްޖެނަމަ ދަރިވަރުންގެ ޔޫނިއަނެއް ގޮތުގައި ޔޫނިއަން ދެމިއޮތުމަށް މަގުފަހިވެގެންދާކަމަށް ޤަބޫލް ކުރެވުނެވެ.
     ދަރިވަރުންގެ ޔޫނިއަންގެ ޤަވާޢިދަށް ހުށައެޅިފައިވާ އިސްލާހުތަކާއިއެކު ކައުންސިލުން ކުޑަ ކޮމިޓީއެއް އެކުލަވާލުމަށްފަހު އެކޮމިޓީއަށް ޤަވާޢިދު ފޮނުވުނެވެ. ދެން ކުޑަކޮމިޓީންނިންމީ ހިންގާ ކޮމިޓީގެ ޝަރުތުތަކާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށެވެ. އާދެ ކައުންސިލްގައި މި މާއްދާ މި ގޮތަށް ހިމެނުމުގެ މުހިއްމުކަމާއިމެދު އަޅުގަޑުވާނީ ތަކުރާރުކޮށް ވާހަކަ ދައްކާފައެވެ. މިގޮތުން ކައުންސިލްގައި ދެކެވުނުވާހަކަ ތިރީގައި ހިމަނާލާނަމެވެ.
1. ސިޔާސީ ޕާޓީއެއްގެ އިސްމަޤާމެއް ފުރަމުންދާ މެންބަރަކު ދަރިވަރުންގެ ޔޫނިއަންގެ އިސްދައުރެއް އަދާކުރާނަމަ ވަކިޕާޓީއެއްގެ އެއްޗެއްގެގޮތުގައި ދަރިވަރުންގެ ޔޫނިއަން ސިފަވުން.
2.ދަރިވަރުންގެ ހައްޤުތައް ހިމާޔާތް ކުރަން އަދި ހައްޤު ހޯދާދޭން މީޑިއާ އަށް ނިކުންނައިރު ވަކިޕާޓީއެއްގެ ސިޔާސީ ވިސްނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ފަރާތެއްކަމުގައި ދަރިވަރުންގެ ހައްޤުތަކާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ލޭބަލްކޮށް މުޖުތަމައަށް އެމަންޒެރު ދެއްކުން
3.ޕާޓީގެ ސިޔާސީ ފިކުރާއި ޙިލާފަށް މަސައްކަތް ކުރުމަށް ޖެހިލުންވެ ދަރިވަރުންގެ ހައްޤުގައި ވަކާލާތު ނުކުރުވޭގޮތްވުން
4. ސިޔާސީ ޕާޓީގެ މަޤާމުގެ ހައިސިއްޔަތުން ދަރިވަރުންގެ ހައްޤުގައި ވަކާލާތުކުރުމަށް އުޒުރުވެރިވުން
5. ސިޔާސީ ޕާޓީގެ ވިސްނުން ކުރިއެރުވުމަށް ދަރިވަރުންގެ ޔޫނިއަން ބޭނުންކުރުން
6. ދަރިވަރުންގެ ހައްޤުގައި ހައްޤުބަސް ބުނުމުގެ ބަދަލުގައި ޕާޓީގެ ރޫހުގައި ދަރިވަރުންގެ ނަމުގައި ވާހަކަދެކެވޭގޮތްވުން
    މިހާ ހިސާބުން އަޅުގަޑު ފާހަގަ ކޮށްލަން ބޭނުންވާ ކަމަކީ  ދަރިވަރުންގެ ހައްޤުގައި ވަކާލާތު ކުރަން ބޭނުންނަމަ ސިޔާސީ މައިދާނާއި ވަޒީފާގެ ހައިސިއްޔަތުން އެކަމަށް ހުރަސްއެޅޭނެ ކަންކަން ދޫކޮށްލުމުން ކޮންމެ ޔޫނިއަންގެ މެންބަރަކަށްވެސް ހިންގާ ކޮމެޓީއަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ވީމާ ހަޤީގަތުގައިވެސް ދަރިވަރުންގެ ހައްޤުގައި ވަކާލާތު ކުރަން ބޭނުންވާ މެންބަރުންނަށް ހިންގާ ކޮމިޓީގެ މަޤާމަށް ކުރިމަތިލުން މަނާކުރެވޭކަމަކަށް އަޅުގަޑަކަށް ޤަބޫލެއް ނުކުރެވެއެވެ.

Sunday, September 11, 2011

council

ބަނޑޮހުގައި ބޭއްވި ކައުންސިލް ބައްދަލުވުންތައް..........

މިމަހު 9 އަދި 10ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިޒޯޓްގައި ޔުނިވަރސިޓީ ކައުންސިލްގެ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. ދެ ދުވަހެއްގެ މައްޗަށް ބަހާލެވިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެގެ އެންމެ ފުރަތަމަ ދުވަހު އޮތީ 5ކޮމިޓީއަކަށް ބަހާލައިގެން ތަފާތު 10 ޤަވާޢިދެއްގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. މި ކޮމިޓީތަކުގައި ޔުނިވަރސިޓީ ކައުންސިލް މެންބަރުންގެ އިތުރުން ޔުނިވަރސިޓީގެ ބައެއް އިސް މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ. މި 10 ޤަވާޢިދުގެ މަސައްކަތްވެސްވަނީ ހަމަ މި ދުވަހު ނިންމާލެވިފައެވެ. މި 10 ޤަވާޢިދުގެ ތެރޭގައި ހިމެނެނީ އަންނަނިވި ޤަވާޢިދުތަކެވެ.
1.     ސްޓާފް ޑިވެލޮޕްމަންޓް ޕޮލިސީ ފާސްކުރުން.
2.     ޑީން ޢައްޔަންކުރުމުގެ އުޞޫލު ފާސްކުރުން.
3.     ކައުންސިލް ޖަލްސާތަކުގެ ގަވާއިދު ފާސްކުރުން
4.     އާމްދަނީ ހޯދުމުގެ ޕްރޮޕޯސަލް
5.     އެކަޑެމިކް ސްޓާފުންގެ 20 އިންސައްތައަކީ ޑޮކްޓަރޭޓް ފެންވަރުގެ މީހުންކަމުގައި ހެދުން
6.     ދަރިވަރުން މުޒާހަރާކުރުމުގެ ސިޔާސަތު
7.     ފޮރިން ސްޓޫޑަންޓް ޕޮލިސީ
8.     ވަރކްލޯޑް ޕޮލިސީ
9.     ޔުނިވަރސިޓީ ކައުންސިލްގެ މެންބަރުގެ އިމްތިޔާޒުތަކާއި އެތިކަލް ރެސްޕޮންސިބިލިޓީތައް
10. ރިސާރޗް ޕްރޮޕޯސަލް

  އާދެ ދެވަނައަށް ވީ ދުވަހު ކުރިއަށް ގެންދިޔައީ ޔުނިވަރސިޓީގެ ކައުންސިލްގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ މަތީގައިވާ 10  ޤަވާޢިދުގެ އިތުރުން އޭގެ ކުރިން ބޭއްވި ޖަލްސާގެ އެޖެންޑާ ފާސްކުރުމެވެ. މިއާއިއެކު މި ދުވަހު ފާސްކުރެވިފައިވަނީ ކުރީގެ ޖަލްސާގެ އެޖެންޑާގެ އިތުރުން 03 ޤަވާޢިދެކެވެ. މި ޤަވާޢިދުތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި 03 ޤަވާޢިދެވެ.
01.                     ސްޓާފް ޑިވެލޮޕްމަންޓް ޕޮލިސީ ފާސްކުރުން.
02.                     ޑީން ޢައްޔަންކުރުމުގެ އުޞޫލު ފާސްކުރުން.
03.                     ކައުންސިލް ޖަލްސާތަކުގެ ގަވާއިދު ފާސްކުރުން

Friday, September 9, 2011

Council


ބަޑޮސްގައި ބާއްވާ ކައުންސިލް ބައްދަލުވުން ....

ޔުނިވަރސިޓީ ކައުންސިލުންގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން 2 ދުވަހުގެ މުއްދަތަށް ބާއްވާ ކައުންސިލް ބައްދަލުވުން 09ވާ ހުކުރު ދުވަހު ހެދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައި ފެށޭނެއެވެ. މި ބައްދަލުވުން ނިންމުމަށް ހަމަޖެހިފައިވަނީ 10ވާ ހޮނިހިރު ދުވަހު ހަވީރުއެވެ. މި ބައްދަލުވުމުގައި ބަހުސްކޮށް އަންނަނިވި ކަންތަށް ނިންމޭނެ ކަމަށް ބެލެވެއެވެ.
1-ޔުނިވަރސިޓީ ތެރޭގައި ދަރިވަރުން މުޒާހަރާ ކުރުމާބެހޭ ޤަވާޢިދު
2-ފެކަލްޓީ ތަކުގެ ޑީނުންނާއި ކެމްޕަސްތަކުގެ ވެރިން އައްޔަން ކުރާނެ އުސޫލް
3-ޔުނިވަރސިޓީގެ % 20 ލެކްޗަރާއިންނަކީ ޕީ އެޗް ޑީ ފެންވަރުގެ މީހުންކަމަށް ހެދުމަށް ހުށައަޅާ ޕްރޮޕޯޒަލް
4-ކައުންސިލްގެ ޤަވާޢިދު
5- މުވައްޒަފުން ވަޒީފައިގައިތިބެގެން ކިޔެވުމަށް ދޫކުރާނެ އުސޫލް
އަދި މީގެ އިތުރުންވެސް ބައެއްކަންތައް ނިންމާނެކަމަށް ބެލެވެއެވެ. މިއީ ފުރަތަމަ ފަހަރަށް ޔުނިވަރސިޓީން ބޭރުގައި ބާއްވާ ކައުންސިލް ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ހުރިހާ މެންބަރުންވެސް ބައިވެރިވާނެ ކަމަށް  މައުލޫމާތުވަނީ ލިބިފައެވެ.

Tuesday, August 30, 2011

Gym


ޔުނިވަރސިޓީގައި ޖިމެއް ހަދަނީ...

ޔުނިވަރސިޓީގައި ޖިމެއް ހެދުމުގެ މަސައްކަތް ވަރަށް ހަލުވިކޮށް ކުރިއަށް އެބަދެއެވެ. މިވަގުތު ހިނގަމުންދާ މަސައްކަތަކީ ޖިމް ހަދަން ހަމަޖެހިފައިވާތަން ހުސްކުރުމުގެ މަސައްކަތެވެ. ހެންވޭރު ސޯސަންގެ ތިރީބައިގައި ހެދުމަށް ހަމަޖިފައިވާ މި ޖިމްގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީ ކައުންސިލް މެންބަރ ވަހިއްދީނެވެ. ވަހިއްދީން ވިދާޅުވެފައިވަނީ ތަން ހުސްކޮށް އެފަރާތާ ހަވާލުކުރާތާ 03މަސް ދުވަސްތެރޭގައި ޖިމްގެ ހުރިހާ އިކްއިޕްމެންޓެއް ހަމަކޮށް ޔުނިވަރސިޓީއާއި ހަވާލު ކުރައްވާނެ ކަމަށެވެ.

Eid Mubarik


ޢީދު މުބާރިކް

ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށާއި، މުވައްޒަފުންނަށާއި ކައުންސިލް މެންބަރުންނަށް ބަރަކާތްތެރި ފިތުރު ޢީދުގެ ތަހުނިޔާ އާއި މުބާރިކްބާދީ ދަންނަވަމެވެ.

Coucil


ޔުނިވަރސިޓީ ކައުންސިލްގެ ދެން އޮންނަ ބައްދަލުވުން ބަނޑޮސްގައި

ޔުނިވަރސިޓީ ކައުންސިލްގެ ދެން އެންމެ އަވަހަށް ބާއްވާ ބައްދަލުވުން ބަނޑޮސް އައިލެންޑް ރިޒޯޓްގައި ބާއްވާގޮތަށް ޔުނިވަރސިޓީ ކައުންސިލުން މިއަދު ނިންމައިފިއެވެ. މިގޮތަށް މިއަދު ނިންމީ ޔުނިވަރސިޓީ ކައުންސިލް މެންބަރ އަދި ބަނޑޮސް އައިލެންޑް ރިޒޯޓްގެ އޯނަރ ވަހިއްދީންގެ ހުށައެޅުއްވުމަކަށެވެ. މިގޮތަށް ހުށައަޅުއްވަމުން ވަހިއްދީން ވިދާޅުވެފައިވަނީ ޔުނިވަރސިޓީ ކައުންސިލުން ނިންމަންޖެހޭ ވަރަށްގިނަ ކަންތައް ނުނިމި ހުރުމުން ކޮންމެ ހަފްތާއެކު 1ގަޑިއިރު ހޭދަކޮށްގެން އަވަސް މުސްތަގުބަލެއްގައި އެކަންކަން ނިންމިދާނެކަމަށް ޤަބޫލްފުޅު ނުކުރައްވާ ކަމަށެވެ. މިހެންވެ މިހާރު ނުނިމިހުރި ކަންތައް ނިންމުމަށްޓަކައި 2ދުވަހެއްވަރު ދިގުދެމިގެންދާގޮތަށް ކައުންސިލް ބައްދަލުވުން ކުރިއަށް ގެންދިއުމަށް ފެންނަކަމަށެވެ. މިގޮތުން 2ދުވަހަށް ބަނޑޮސް އައިލެންޑް ރިޒޯޓްގައި ހުރިހާ މެންބަރުންގޮސް ކައުންސިލް ބައްދަލުވުން ބާއްވަން ފެނިވަޑައި ގަންނަވާ ކަމަށާއި އަދި އެކަމަށްޓަކައި ހިނގާ ހުރިހާ ޚަރަދެއް އަމިއްލަފުޅަށް ކުރައްވާނެކަމަށް ވިދާޅުވިއެވެ.
ދެން ޔުނިވަރިސިޓީ ކައުންސިލް ބައްދަލުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ 09ސެޕްޓެމްބަރ ވާ ހުކުރު ދުވަހުއެވެ. މިބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 2 ދުވަހަށް ދިގުދެމިގެންދާގޮތަށް ބަނޑޮސް އައިލެންޑް ރިޒޯޓްގައެވެ.

Monday, August 22, 2011

Students Union

ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ޤަވާޢިދު ފާސްކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ޤަވާޢިދު ޔުނިވަރސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ. މިއަދު ފާސްކުރި މި ޤަވާޢިދުގައިވާ ގޮތުން ހިންގާ ކޮމިޓީގައި ތަފާތު 08މަޤާމެއް ހިމެނެއެވެ. އެއީ 01 ރައީސް، 03 ނައިބް ރައީސް، 01 ސެކެރެޓެރީ، 01 އެސިސްޓެންޓް ސެކެރެޓެރީ، 01 ޚަޒާންދާރު އަދި 01 މީޑިއާ ކޯޑިނޭޓަރެވެ. އަދި ހަމަ އެހެންމެ މި މަޤާމްތަކަށް ދަރިވަރުން ހޮވުމަށް ބާއްވައި އިންތިޚާބް 01 އޮކްޓޫބަރގެ ކުރިން ބޭއްވުމަށްވެސް މިއަދު ޔުނިވަރސިޓީ ކައުންސިލުންވަނީ ނިންމާފައެވެ.