ބަޑޮސްގައި ބާއްވާ ކައުންސިލް ބައްދަލުވުން ....
ޔުނިވަރސިޓީ ކައުންސިލުންގެ މަސައްކަތް އަވަސް ކުރުމުގެ ގޮތުން 2 ދުވަހުގެ މުއްދަތަށް ބާއްވާ ކައުންސިލް ބައްދަލުވުން 09ވާ ހުކުރު ދުވަހު ހެދުނު ބަނޑޮސް އައިލެންޑް ރިޒޯޓްގައި ފެށޭނެއެވެ. މި ބައްދަލުވުން ނިންމުމަށް ހަމަޖެހިފައިވަނީ 10ވާ ހޮނިހިރު ދުވަހު ހަވީރުއެވެ. މި ބައްދަލުވުމުގައި ބަހުސްކޮށް އަންނަނިވި ކަންތަށް ނިންމޭނެ ކަމަށް ބެލެވެއެވެ.
1-ޔުނިވަރސިޓީ ތެރޭގައި ދަރިވަރުން މުޒާހަރާ ކުރުމާބެހޭ ޤަވާޢިދު
2-ފެކަލްޓީ ތަކުގެ ޑީނުންނާއި ކެމްޕަސްތަކުގެ ވެރިން އައްޔަން ކުރާނެ އުސޫލް
3-ޔުނިވަރސިޓީގެ % 20 ލެކްޗަރާއިންނަކީ ޕީ އެޗް ޑީ ފެންވަރުގެ މީހުންކަމަށް ހެދުމަށް ހުށައަޅާ ޕްރޮޕޯޒަލް
4-ކައުންސިލްގެ ޤަވާޢިދު
5- މުވައްޒަފުން ވަޒީފައިގައިތިބެގެން ކިޔެވުމަށް ދޫކުރާނެ އުސޫލް
އަދި މީގެ އިތުރުންވެސް ބައެއްކަންތައް ނިންމާނެކަމަށް ބެލެވެއެވެ. މިއީ ފުރަތަމަ ފަހަރަށް ޔުނިވަރސިޓީން ބޭރުގައި ބާއްވާ ކައުންސިލް ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ކައުންސިލްގެ ހުރިހާ މެންބަރުންވެސް ބައިވެރިވާނެ ކަމަށް މައުލޫމާތުވަނީ ލިބިފައެވެ.
No comments:
Post a Comment