Sunday, October 9, 2011

MNU Students Union


އެމް އެން ޔޫ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ ޝަރުތުތަކާއިމެދު.....

      އެމް އެން ޔޫ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ޤަވާޢިދު ފުރަތަމަ ކޮޕީ ނިމުމަށްފަހު ދަރިވަރުންގެ ޚިޔާލު ހޯދުމަށް މަހެއްހާ ދުވަސްވަން ހުޅުވާލެވުނެވެ. ނަމަވެސް މި މުއްދަތު ތެރޭގައި އެއްވެސް ދަރިވަރެއްގެ ޚިޔާލެއް މި ޤަވާޢިދަކަށް ނުލިބެއެވެ. އެހެންނަމަވެސް މުއްދަތު ހަމަވާން ވަރަށްކައިރިވެފައިވަނިކޮށް ތަފާތު ދެ ޚިޔާލެއް އަޅުގަޑަށް ދެ ދަރިވަރެއްގެ ފަރާތުން ލިބުނެވެ. މި ގޮތުން ލިބުނު އެއް ހިޔާލަކީ މިހާރު ހިންގާ ކޮމިޓީގައި ހިމެނޭ ޝަރުތުތައް ދަރިވަރުންގެ ޔޫނިއަންގެ ޤަވާޢިދުގައި ހިމެނުމަށެވެ. އާދެ އަޅުގަޑަށްވެސް އެ ޝަރުތުތައް އޭގައި ހިމެނިއްޖެނަމަ ދަރިވަރުންގެ ޔޫނިއަނެއް ގޮތުގައި ޔޫނިއަން ދެމިއޮތުމަށް މަގުފަހިވެގެންދާކަމަށް ޤަބޫލް ކުރެވުނެވެ.
     ދަރިވަރުންގެ ޔޫނިއަންގެ ޤަވާޢިދަށް ހުށައެޅިފައިވާ އިސްލާހުތަކާއިއެކު ކައުންސިލުން ކުޑަ ކޮމިޓީއެއް އެކުލަވާލުމަށްފަހު އެކޮމިޓީއަށް ޤަވާޢިދު ފޮނުވުނެވެ. ދެން ކުޑަކޮމިޓީންނިންމީ ހިންގާ ކޮމިޓީގެ ޝަރުތުތަކާއި މެދު ކައުންސިލުން ގޮތެއް ނިންމުމަށެވެ. އާދެ ކައުންސިލްގައި މި މާއްދާ މި ގޮތަށް ހިމެނުމުގެ މުހިއްމުކަމާއިމެދު އަޅުގަޑުވާނީ ތަކުރާރުކޮށް ވާހަކަ ދައްކާފައެވެ. މިގޮތުން ކައުންސިލްގައި ދެކެވުނުވާހަކަ ތިރީގައި ހިމަނާލާނަމެވެ.
1. ސިޔާސީ ޕާޓީއެއްގެ އިސްމަޤާމެއް ފުރަމުންދާ މެންބަރަކު ދަރިވަރުންގެ ޔޫނިއަންގެ އިސްދައުރެއް އަދާކުރާނަމަ ވަކިޕާޓީއެއްގެ އެއްޗެއްގެގޮތުގައި ދަރިވަރުންގެ ޔޫނިއަން ސިފަވުން.
2.ދަރިވަރުންގެ ހައްޤުތައް ހިމާޔާތް ކުރަން އަދި ހައްޤު ހޯދާދޭން މީޑިއާ އަށް ނިކުންނައިރު ވަކިޕާޓީއެއްގެ ސިޔާސީ ވިސްނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ފަރާތެއްކަމުގައި ދަރިވަރުންގެ ހައްޤުތަކާ ދެކޮޅަށް މަސައްކަތްކުރާ ބަޔަކު ލޭބަލްކޮށް މުޖުތަމައަށް އެމަންޒެރު ދެއްކުން
3.ޕާޓީގެ ސިޔާސީ ފިކުރާއި ޙިލާފަށް މަސައްކަތް ކުރުމަށް ޖެހިލުންވެ ދަރިވަރުންގެ ހައްޤުގައި ވަކާލާތު ނުކުރުވޭގޮތްވުން
4. ސިޔާސީ ޕާޓީގެ މަޤާމުގެ ހައިސިއްޔަތުން ދަރިވަރުންގެ ހައްޤުގައި ވަކާލާތުކުރުމަށް އުޒުރުވެރިވުން
5. ސިޔާސީ ޕާޓީގެ ވިސްނުން ކުރިއެރުވުމަށް ދަރިވަރުންގެ ޔޫނިއަން ބޭނުންކުރުން
6. ދަރިވަރުންގެ ހައްޤުގައި ހައްޤުބަސް ބުނުމުގެ ބަދަލުގައި ޕާޓީގެ ރޫހުގައި ދަރިވަރުންގެ ނަމުގައި ވާހަކަދެކެވޭގޮތްވުން
    މިހާ ހިސާބުން އަޅުގަޑު ފާހަގަ ކޮށްލަން ބޭނުންވާ ކަމަކީ  ދަރިވަރުންގެ ހައްޤުގައި ވަކާލާތު ކުރަން ބޭނުންނަމަ ސިޔާސީ މައިދާނާއި ވަޒީފާގެ ހައިސިއްޔަތުން އެކަމަށް ހުރަސްއެޅޭނެ ކަންކަން ދޫކޮށްލުމުން ކޮންމެ ޔޫނިއަންގެ މެންބަރަކަށްވެސް ހިންގާ ކޮމެޓީއަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. ވީމާ ހަޤީގަތުގައިވެސް ދަރިވަރުންގެ ހައްޤުގައި ވަކާލާތު ކުރަން ބޭނުންވާ މެންބަރުންނަށް ހިންގާ ކޮމިޓީގެ މަޤާމަށް ކުރިމަތިލުން މަނާކުރެވޭކަމަކަށް އަޅުގަޑަކަށް ޤަބޫލެއް ނުކުރެވެއެވެ.

1 comment:

  1. The Orleans Hotel & Casino, Baton Rouge - Mapyro
    충주 출장마사지 › LOUIS › › LOUIS 6 days ago — 거제 출장샵 6 days ago The Orleans 포항 출장샵 Hotel & Casino in Baton Rouge offers a unique, modern atmosphere where everything The casino 광주 출장안마 has been around since 출장안마 the late 1700's.

    ReplyDelete