ބަނޑޮހުގައި ބޭއްވި ކައުންސިލް ބައްދަލުވުންތައް..........
މިމަހު 9 އަދި 10ވަނަ ދުވަހު ބަނޑޮސް އައިލެންޑް ރިޒޯޓްގައި ޔުނިވަރސިޓީ ކައުންސިލްގެ ބައްދަލުވުންތަކެއް ބާއްވައިފިއެވެ. ދެ ދުވަހެއްގެ މައްޗަށް ބަހާލެވިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެގެ އެންމެ ފުރަތަމަ ދުވަހު އޮތީ 5ކޮމިޓީއަކަށް ބަހާލައިގެން ތަފާތު 10 ޤަވާޢިދެއްގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ. މި ކޮމިޓީތަކުގައި ޔުނިވަރސިޓީ ކައުންސިލް މެންބަރުންގެ އިތުރުން ޔުނިވަރސިޓީގެ ބައެއް އިސް މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ. މި 10 ޤަވާޢިދުގެ މަސައްކަތްވެސްވަނީ ހަމަ މި ދުވަހު ނިންމާލެވިފައެވެ. މި 10 ޤަވާޢިދުގެ ތެރޭގައި ހިމެނެނީ އަންނަނިވި ޤަވާޢިދުތަކެވެ.
1. ސްޓާފް ޑިވެލޮޕްމަންޓް ޕޮލިސީ ފާސްކުރުން.
2. ޑީން ޢައްޔަންކުރުމުގެ އުޞޫލު ފާސްކުރުން.
3. ކައުންސިލް ޖަލްސާތަކުގެ ގަވާއިދު ފާސްކުރުން
4. އާމްދަނީ ހޯދުމުގެ ޕްރޮޕޯސަލް
5. އެކަޑެމިކް ސްޓާފުންގެ 20 އިންސައްތައަކީ ޑޮކްޓަރޭޓް ފެންވަރުގެ މީހުންކަމުގައި ހެދުން
6. ދަރިވަރުން މުޒާހަރާކުރުމުގެ ސިޔާސަތު
7. ފޮރިން ސްޓޫޑަންޓް ޕޮލިސީ
8. ވަރކްލޯޑް ޕޮލިސީ
9. ޔުނިވަރސިޓީ ކައުންސިލްގެ މެންބަރުގެ އިމްތިޔާޒުތަކާއި އެތިކަލް ރެސްޕޮންސިބިލިޓީތައް
10. ރިސާރޗް ޕްރޮޕޯސަލް
އާދެ ދެވަނައަށް ވީ ދުވަހު ކުރިއަށް ގެންދިޔައީ ޔުނިވަރސިޓީގެ ކައުންސިލްގެ ބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި އެޖެންޑާ ކުރެވިފައިވަނީ މަތީގައިވާ 10 ޤަވާޢިދުގެ އިތުރުން އޭގެ ކުރިން ބޭއްވި ޖަލްސާގެ އެޖެންޑާ ފާސްކުރުމެވެ. މިއާއިއެކު މި ދުވަހު ފާސްކުރެވިފައިވަނީ ކުރީގެ ޖަލްސާގެ އެޖެންޑާގެ އިތުރުން 03 ޤަވާޢިދެކެވެ. މި ޤަވާޢިދުތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި 03 ޤަވާޢިދެވެ.
01. ސްޓާފް ޑިވެލޮޕްމަންޓް ޕޮލިސީ ފާސްކުރުން.
02. ޑީން ޢައްޔަންކުރުމުގެ އުޞޫލު ފާސްކުރުން.
03. ކައުންސިލް ޖަލްސާތަކުގެ ގަވާއިދު ފާސްކުރުން